ފިތުރު އީދަށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލައި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އަލުން ހުޅުވައިފި އެވެ.
”އީދު އަލި“ ނަމުގައި ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުން ފައްޓަވައިދެއްވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އާއިލާ އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އާއިލާގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި އެވެ.
އީދަށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލާލުމަށް ބޭނުންވާ ބޮކިތައް ގެނެސް، ރަށްރަށަށް ފޮނުވައި މާލެ ސަރަހައްދުގެ ހުރިހާ ތަނެއް ދިއްލުމަށް ބޭނުންވާ ބޮކިތަކާއި ގިޑިގެތައް ހެދީ ސްޓެލްކޯ އިންނެވެ.
ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާ އެކު ހަދާފައިވާ ތަނެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހެދި އެ ފެންއަރުވާ ވަޑާމަކީ އެކި ކުލަތަކުން ދިއްލޭ ގޮތަށް އަދި އާންމުންނަށްވެސް އެތަނުގެ ތެރެއަށް ވަދެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.
އެ ތަން މަރާމާތުކޮށް މިރޭ އަލުން ހުޅުވުމުގެ މަސައްކަތް ކުރީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުންނެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް