ބަނޑަށް ޖެހިފައިވާ ގާޒާގައި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި ފޮނުވަން ނިންމާފައިވަނީ އެއް ލައްކަ ޑޮލަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގާޒާގެ ރައްޔިތުންނަށް ވީހާވެސް އަވަހަށް އަދި ސީދާކޮށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ޝަހީމު ހާމަކުރެއްވީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
ޝަހީމް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޒަކާތް ފަންޑުން ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްތުކުރައްވަނީ އެއް ލައްކަ ޑޮލަރު ކަމަށެވެ. އެ ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
”ޒަކާތު ފަންޑުން ގާޒާގެ އަހުންނާއި އުހުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް އިންޝާﷲ. މީގެ ކުރިންވެސް ދިވެހި ރައްޔިތުންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވޭ،“ ޝަހީމް ވިދާޅުވި އެވެ.
ހަމާސް އިން އިޒްރޭލަށް މިދިޔަ އޮކްޓޯބަރު މަހު ދޭން ފެށި ހަމަލާގެ ބަދަލެއްގެ ގޮތުން އެ ގައުމުން ގާޒާއަށް ދެމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ހަމަލާތައް އަދިވެސް ކުރިއަށްދާ އިރު، ކާބޯތަކެއްޗާއި ބޯފެން ނުލިބިގެން ގާޒާގައި ބަނޑަށް ޖެހިގެން މަރުވާ މީހުންނާއި ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އެ ހަނގުރާމައިގެ ވަރަށް ކުރީކޮޅު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވައިފަ އެވެ. ނަމަވެސް އެ ތަކެތި ފޮނުވުމުގައި ހުރި ދަތިތަކާ ހެދި އެކަންވާ ގޮތެއް އަދި ނުވެ އެވެ.

ގުޅުންހުރި
އެމްޑީ ޝަރީފު ދެއްވާ ޔަގީންކަން: ލޯނުތައް ދެއްކުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަ
ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ
ޒަމާނީ އާ ޓާމިނަލްގައި ހިދުމަތް ދޭނީ 100 ޕަސެންޓް ދިވެހިން, އެއަށްވުރެ
މުސްލިމަކާ ދިމާލަށް ތިއީ ކާފަރެއް ބުނެވެނީ ރޯމާ ދުވާލު ފަދަ ވަރުގަދަ
ބަންޑުން ޖަހާލި ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި