ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ގޯތި ދޫކޮށްފައިވާ މީހުންނާ ބިން ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދޭން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުގެ ލިޔުމެއް ބިންވެރިންނަށް ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ލިޔުން މިނިސްޓަރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށެވެ.
މިނިސްޓަރު ސޮއިކޮށް ފޮނުވާފައިވާ އެ ލިޔުމުގައި ބުނެފައިވަނީ ބިން ލިބުނު މީހުންނަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގޯތި ހަވާލުކުރާނެ ކަމަށެވެ. އަދި މިހާރު ދޫކޮށްފައިވާ ގޯތި ލިބިފައިވާކަމުގެ ލިޔުމުގައި ގޯތި ލިބޭ މީހުންނާއި ގޯތީގެ ބޮޑުމިން އަދި ގޯތީގެ ނަންބަރު ހިމަނާފައިވެ އެވެ.
ހައުސިން މިނިސްޓްރީން ވަނީ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1347 ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް, ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފަވެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައީ, އެތަނުން ގޯތި ދޫކުރީ ޒަރޫރީ ހިދުމަތްތަކަށް އެކާށީގެންވާ ބިން އެކަށައެޅުމެއް ނެތި ކަމަށްވެފައި އެ ހިދުމަތްތައް ގާއިމުކުރާނެ ބިންތައް ހިމެނުމަށެވެ.
އަދި ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ނިންމީ, ޒަރޫރީ ހިދުމަތްތަކަށް އެކަށީގެންވާ ބިން ލޭންޑް ޔޫޒް ޕްލޭނުގައި ހިމެނުމުން އާންމުންނަށް ގޯތި ދޫކޮށްފައިވާ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން ކަމަށެވެ.

ގުޅުންހުރި
އިދިކޮޅުން ވާހަކަ ފެތުރިޔަސް ޓާމިނަލްގެ މަސަައްކަތް އަވަސްވީ ރައީސްގެ ހިކުމްތްތެރިކަމުން: ސައީދު
ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!