ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިސްވެ ހުންނަވައި އުފައްދާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާއ ބޭއްވުމަށް ގިޔާސުއްދީން ސްކޫލުގެ ހޯލު ކުއްޔަށް ހިފި އެއްބަސްވުން އެ ސްކޫލުގެ ފަރާތުން ވަނީ ބާތިލުކޮށްފައިކަމަށް ފުލުހުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމާ ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރޭގަ އެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ބުނެ އެ ޖަލްސާ މިރެއަށް ފަސްކުރި އެވެ.
މިރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ހުރިހާ ތައްޔާރީއެއްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފަ އެވެ. އަދި ގޭތު ބޭރުގައި ތިބި މީހުންނާ ދިމާލަށް ޕެޕާ ސްޕްރޭވެސް ބޭނުންކުރި އެވެ.
ފުލުުހުން މިރޭ ބުނީ، ޕީއެންއެފްއާއެކު ގިޔާސުއްދީން ސްކޫލު ހެދި އެއްބަސްވުން ބާތިލުކޮށް އެކަން ވަނީ ޕީއެންއެފްއަށް އަންގާފައި ކަމަށެވެ. ނަމަވެސް ޕީއެންއެފުން މަސައްކަތްކުރީ ސްކޫލުގައި ޖަލްސާ ބޭއްވުމަށްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލް ރައްކާތެރިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
“އަދި އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާތީ، އެ ސްކޫލުގައި މި ވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން ދަނީ އެޓެންޑް ކުރަމުން،،” ޝިފާން ވިދާޅުވި އެވެ.
ފުލުހުން އެ ޖަލްސާ ހުއްޓުވި އިރު، އެ ސަރަހައްދުގައި އީސީގެ އޮފިޝަލުންވެސް ތިއްބެވެ.
ޕީއެންއެފް އުފައްދާ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ ސަރަހައްދުގައި ތިބި މީހުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށާއި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވަމުންނެވެ

ގުޅުންހުރި
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ނަޑެއްލާއަށް ދިޔަ ބޯޓަކުން އެ ރަށަށް ފޭބި މީހަކު ގެއްލިއްޖެ، ހޯދަން
ފުލުހުން މެލޭޝިއާގައި، އެކަމަކު އަދިވެސް ޔުމްނު ބަޔާނެއް ނުނަގާ
ފުލުހުންގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން އައްޔަންކޮށްފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް