އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި އީދު ސައި ބާއްވައިފި އެވެ.
އީދު ނަމާދަށްފަހު ހިޔާ ކޮމިއުނިޓީއަށް އުރީދޫގެ އީދު ސައި ބާއްވާފައިވަނީ ހުޅުމާލެ ކޮމިއުނިޓީ ޑެވެލޮޕްމަންޓް ސޮސައިޓީއާ ގުޅިގެން ކަމަށެވެ. އެ ހަރަކާތުގައި ހިޔާ ސަރަހައްދުގައި އުޅޭ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.
އުރީދޫން މިއަދު ވަނީ ހުޅުމާލެ ފޭސް އެކަކާއި މާލޭގައި އީދު ބޯކިބާވެސް ބަހައިފަ އެވެ.
އެގޮތުން ހުޅުމާލެ ފޭސް އެކެއްގައި އީދު ބޯކިބާ ބެހީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވި ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ. މާލޭގައި އީދު ބޯކިބާ ބެހީ ފާމުދޭރިމަގުގައި ހުންނަ ޑި ހޯމް ފިހާރަ ކައިރީގަ އެވެ.
ހެނދުނުގެ ހަރަކާތްތަކަށްފަހު އުރީދޫން މިއަދު ވަނީ މިޝަން ފޮ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ބިދޭސީ މަސައްކަތް ތެރިންނަށް މެންދުރުގެ ނާސްތާ ޕެކުތަކެއްވެސް ބަހައިފަ އެވެ.




ގުޅުންހުރި
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި