ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް. ޕްލޭނިން މިނިސްޓްރީއާއި ޗައިނާ މެޝިނަރީ އިންިޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު އެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިރޭ ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްކަޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލީ އެވެ.
އެ އެމްއޯޔޫގެ ތަފުސީލު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ހަވާލުކުރި ޗައިނާގެ ސީއެމްއީސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ފޭސް 2ގައި ގާއިމް ކުރި ހިޔާ ފްލެޓްތަކުގެ ވެސް ކޮންޓްރެކްޓަރެވެ.
މި ސަރުކާރުން ވަނީ ކައްދޫ އެއާޕޯޓުގެ މަޝްރޫއުގެ އިތުރުން ވެސް ބައެއް އެހެން މަޝްރޫއުތައް ސީއެމްއީސީއާ ހަވާލުކޮށްފައެވެ.




ގުޅުންހުރި
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
ކޮންމެ ރަށަކުންވެސް މަޝްރޫއުތައް ނިމޭތަނާއި އާ މަޝްރޫއުތައް ފެށޭތަން މިހާރު ފެންނާނެ: