ލ. ގަމުގައި މެޑިކަލް ޓޫރިޒަމް ގާއިމުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގަމަށް ވަޑައިގެން ވިދާޅުވީ މަތީ ފެންވަރުގައި ހިންގާ ޓާޝަރީ ހޮސްޕިޓަލެއްގެ އިތުރުން ބައިނަލްއަގުވާމީ މެންޓަލް ހޮސްޕިޓަލެއް އެ ރަށުގައި ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
”ހަމަ އެއާ އެކު، އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ގާއިމް ކުރަން ވައުދުވިން. ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. އަޅާ ނުލެވުމުގެ ސަބަބުން ޒުވާނުން ހާއްސަކޮށް ހަލާކުވެގެން އެބަދޭ. އަޅުގަނޑުމެންގެ ވިސްނުމަކީ އޭގެ ތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން،،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގަމުގައި ހަދާ މެންޓަލް ހޮސްޕިޓަލާ އެކު މެޑިކަލް ޓޫރިޒަމް ގެނެސް، ގަމުގައި މިހާރު ހުންނަ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް އަޕްގްރޭޑުކޮށް، ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ގަން ހައްދަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ ހައުސިން މަޝްރޫއުތަކުގެ ބޮޑު އިންސައްތައެއް ގަމުގައި ހަދައިދޭނެ ކަމަށެވެ. އަދި މީގެ ކުރިން ގަމުން ދޫކޮށްފައިވާ ގޯތިތަކެއް ކައުންސިލުން ބޭނުންވާ ގޮތަށް ބޮޑުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.



ގުޅުންހުރި
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި