”ގޭންގު ރޭޕް“ގެ މައްސަލަ:: ހައްޔަރުކުރި 9 މީހުންގެ ފޮޓޯ އާންމުކޮށްފި

ތިނަދޫ ސިޓީގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ގްރޫޕަކުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި ނުވަ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު މައިސަން ޝިޔާޒު (21އ)
  • އަހުމަދު އިފްތިޝާމް ޒަރީރު (24އ)
  • ޖުމުﷲ ހަސަން (35އ)
  • އާޒިމް މުފީދު (24އ)
  • އަލީ ހުޒާމް ސައީދު (31އ)
  • މުހައްމަދު ސޯލިހު އަހުމަދު (26އ)
  • އަހުމަދު ނޫޙު ނިޔާޒު (20އ)
  • މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ)
  • އަހުމަދު ސާނިޖު ސާދިގު (32އ) އެވެ.

ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ސޯލިހާއި މިޝަލް އާއި ނަޖުމުﷲ އަދި ނޫހު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން މައިސަން 10 ދުވަހަށް، އާޒިމް މުފީދު 15 ދުވަހަށް، ސާނިޖު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރި އިރު، އިފްތިޝާމް އާއި ހުޒާމް (31އ) 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.