ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއީ މަނީ ލޯންޑަރރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރީގެ ރައީސް އަބްުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތަށް ނިމިފައިވިނަމަވެސް ހައި ކޯޓުން އެ މައްސަލައިގައި ހުކުމް ކުރުން ލަސްވާ މައްސަލަ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.
ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުން ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެ މައްސަލަ އަސްލަމް ޖޭއެސްސީއަށް ހުށަހެޅުއްވީ މިއަދެވެ.
މިމަހުގެ 21 ގައިި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕޭނަށް އެމްޑީޕީން، އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތް ނުބާއްވާ ގިނަ ދުވަސްވުމުން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ސާފުވާ ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ މީގެ ހަތަރުމަސް ކުރިންކަމަށް އަސްލަމް ވިދާޅުވިއެވެ.
“ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މިކަމުން މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ (މިއަދު) މައްސަލަ ލާނަމޭ،” އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވަކި ރައީސަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލަައިނުގަންނާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ކުރީގެ ރައީސުންނަށް ދޭންޖެހޭ އިހުތިރާމް ދޭންވާނެ ކަމަށެވެ.

ގުޅުންހުރި
ބްރިޖު އެޅުމަށް ޗައިނާ އާއެކު އެންމެ ފުރަތަމަ މަޝްވަރާ ކުރީ އަޅުގަނޑު:
ބިދޭސީއެއްގެ އަތުން 500،000ރ. އަތުލައި ޝަމްއާންގެ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ
އިންޑިއާ މީހެއްގެ އަތުން ފުލުހުން ހިފެހެއްޓި އެއް މިލިއަން ރުފިޔާގެ ބޭރު
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން