މަކިޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ބާއްވާ މަކިޓާ ސަޅިއޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި 1،000 ރުފިޔާ އިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަންގައި ގުރުއަތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ބައިލައްކަ ރުފިޔާ ލިބިގެންދާނެ އެވެ.
މީގެ އިތުރުން ކޮންމެ ހަފުތާއަކު އެންމެ ގިނައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއްވެސް ލިބިގެންދާނެ އެވެ.
އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ހޮވާލެވިފައިވާ ބައެއް ޕްރޮޑަކްޓްތަކުން އަށް ޕަސަންޓުން ފެށިގެން 50 ޕަސަންޓާ ދޭތެރޭގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މަކިޓާ ޝޯރޫމް މާލެ އަދި ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައެވެ.
މަކިޓާ ސަޅިއޭ ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް އެސްޓީއޯ ކޮންސްޓަރަކްޝަން ސޮލިއުޝަންގެ ފަރާތުން ކަސްޓަމަރުންނަށް މަކިޓާގެ އުފެއްދުންތައް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބާއްވަމުން އަންނަ ޕްރޮމޯޝަނެކެވެ.


