މާލެހިޔާ އާއި ސިނަމާލެ ފްލެޓްތައް އަލުން އިމާރާތް ކުރައްވާނެ ކަމަށާއި އެ މަސައްކަތް މިދިިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ނަމަވެސް، އެ މަސައްކަތް އަދިވެސް ފަށާފައެއް ނުވެ އެވެ.
މާލެހިޔާ އާއި ސިނަމާލެ ފްލެޓްތައް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފެބްރުއަރީ މަހުގެ ތެރޭގައި ފައްޓަވާނެކަން ރައީސް އިއުލާން ކުރެއްވީ 20 ޑިސެމްބަރު 2023ގައި ބޭއްވި ’ކަންގަތި 2023‘ އެވޯޑް ހަފުލާގަ އެވެ.
އެ ހަފުލާގައި ރައީސް ވަނީ މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލޭ ފްލެޓުތައް ބާވެ، ރޫޅެމުންދާ މައްސަލައަކީ އެ މަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި އެކަމުގެ ހައްލު ހޯއްދަވާފައިވާ ކަމަށާއި އެކަމުގައި މާލީ އެއްވެސް ތަކުލީފެއް ފްލެޓްތަކުގައި ދިރިއުޅޭ މީހުން އުފުލަން ނުޖެހޭނެ ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް، އެފަދަ އެއްވެސް މަޝްރޫއެއް ފަށާފައިވާ ކަމެއް ސަރުކާރަކުން އަދި ހާމައެއް ނުކުރެ އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެ އެވެ.




ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ލޭޑީސްފިންގާ ވަރެއް ނެތް
ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި