މާލެ ސަރަހައްދުގެ ގޭގޭގައި ހުރި ބާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީޡް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލޭ ސިޓީ ކައުންސިލަށް ބަލައިގަނެ، ނައްތާލަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ބާ މުސްހަފުތަކާއި ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު ދެ ފަހަރު ގޭގެއިން ގެނެސް އެ އިދާރާއާ ހަވާލުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ފަހަރު، ގޭގެއިން ގެންނަ އެފަދަ ތަކެތި އެ އިދާރާއަށް ބަލައިގަތުމުގެ އިންތިޒާމް މި މަހުގެ 27 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަޖައްސާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން އެފަދަ ތަކެތި ބަލައިގަންނާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، މާލޭގެ އާންމު ހިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި)، ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުންނެވެ.




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް