ހެލްތް މިނިސްޓްރީއަށް ހަމަޖައްސާފައި ތިބި ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދު އެ މިނިސްޓްރީއަށް އައްޔަންކޮށްފައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނަށްވުރެ އިތުރުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައިމަން ލަތީފް ވަނީ ހެލްތް މިނިސްޓްރީގެ މުވައްޒަފުންނަށް ދޭ މުސާރައިގެ ތަފުސީލު ހޯދައިފަ އެވެ.
އެ މައުލޫމާތުގައިވާ ގޮތުން މިދިޔަ މާޗު މަހު މުސާރަ ދީފައިވާ މީހުންގެ ތެރޭގައި ފަސް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ހަތަރު ޕޮލިޓިކަލް ޑިރެކްޓަރުން އެބަ ތިއްބެވެ.
ޕޮލިޓިކަލް ޑިރެކްޓަރަކަށް މުސާރައިގެ ގޮތުގައި 20،500ރ. ލިބޭއިރު، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް 25،500ރ. ލިބެ އެވެ. އެހެންކަމުން ހެލްތް މިނިސްޓްރީގައި ތިބި ޕޮލިޓިކަލް ޑިރެކްޓަރުންގެ މުސާރައަށް އެކަނިވެސް މަހަކު 209،500ރ. ދަނީ ހަރަދު ކުރަމުންނެވެ.
ހެލްތް މިނިސްޓްރީގައި މި ވަގުތު ހަތަރު ޑެޕިއުޓީ މިނިސްޓަރުންނާއި ތިން ސްޓޭޓް މިނިސްޓަރުން ތިއްބެވި އިރު، އެ ބޭފުޅުންގެ މުސާރައަށް މަހަކު 300,340ރ. ހަރަދުވާނެ އެވެ.




ގުޅުންހުރި
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި
އުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެ
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި
ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފުލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިފި
ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން ދޫކޮށްލި ދެ މީހުން ޝަރީއަތް
އެލައިޑުން އެސްއެމްއީތަކަށް ހާއްސަ ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތަކެއް