އއ. ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އިއްޔެ ހަވީރު ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޖުމުލަ 77 މިލިއަން ރުފިޔާގެ މި މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 5 ސެޕްޓެމްބަރު 2023 ގައެވެ.
އާރުޑީސީން ބުނި ގޮތުގައި، ތޮއްޑޫ މަގުތައް ތަރައްގީ ކުރަން ނިންމާފައިވަނީ ތާރުގެ ބަދަލުގައި ގާ އަތުރައިގެން ކަމަށެވެ. އެއީ އެ ރަށުގެ ރައްޔިތުން ބޭނުންވި ގޮތެވެ.
އެގޮތުން މަޝްރޫއުގެ ދަށުން ޖުމުލަ 2.84 ކިލޯމީޓަރު ހިމެނޭހެން ފަސް މަގެއްގައި ގާ އަތުރައި، ސްޓޯމް ވޯޓާ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރާނެ އެވެ.




ގުޅުންހުރި
ހިތަދޫގައި ފުލެޓަކުން ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި
2026ގެ ބަޖެޓު: މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ޖެހި އަދަދު ދެގުނަ ބޮޑުކޮށް,
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު