އދ. ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އެމެރިކާއިން ހުރަސް އެޅުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އިއްޔެ ޖެނެރަލް އެސެމްބްލީން ނިންމި ނިންމުން އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ.
އެކަމުގެ ކަންބޮޑުން ފާޅުކޮށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ވަކާލާތު ކުރަނީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ކަމަށެވެ. ހުރިހާ ގައުމަކާމެދު އިންސާފު ހަމަހަމަ ގޮތެއްގައި އަދ.އިން ކަންތައް ކޮށްދޭން ޖެހޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން އިއްޔެ ބުނެފައިވަނީ ފަލަސްތީނަކީ ޔޫއެންގެ ފުރިހަމަ މެމްބަރުކަން ލިބިފައިވާ ގައުމަކަށް ހެދުމަށް އދ.ގެ ހުރިހާ ގައުމެއް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި ފަލަސްތީނުގެ މައްސަލަ އޮންނަނީ އިޒްރޭލުން، ފަލަސްތީނު ރައްޔިތުންނާ މެދު ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން ކަމަށާއި ނަމަވެސް، ސަލާމަތީ މަޖިލީހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ރާއްޖެއިން ބުންޏެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ނިމުމަކަށް ގެނެވޭނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކޮށް ފަލަސްތީނަކީ ޔޫއެންގެ މެންބަރު ގައުމަކަށް ހަދާ އެ ގައުމުގެ މިނިވަން ކަމަށް އަޑު އުފުލައިގެން ކަމަށް ރާއްޖެއިން ބުންޏެވެ.




ގުޅުންހުރި
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު
އެމެރިކާގެ އަސްކަރީ ހަތިޔާރު އުފައްދާ ފެކްޓްރީއެއް ގޮވައި 19 މީހަކު ”ގެއްލިއްޖެ“
ފްލޮޓީލާގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ، ޣައްޒާއާ ވަރަށް ކައިރީގައި
އިޒްރޭލުގެ އިންޒާރުތަކަށް ނުބަލައި ފްލޮޓީލާގެ ގިނަ ބޯޓުތައް އަދިވެސް ދަނީ ޣައްޒާއަށް
ފަލަސްތީނުގެ ފޭރިފައިވާ ބިންތަކުގައި ވިޔަފާރިކުރާ ކުންފުނިތަކުގެ ތެރޭގައި ބުކިން.ކޮމް، އެއާބީއެންބީ!