މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ގިނަ އަދަދަކަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ އަބަދުވެސް ވެރިކަން ކުރަމުންދާ ޕާޓީތަކަށް އިންތިހާބުތަކުގައި އެޑްވާންޓޭޖެއް އޮންނާނެ ކަމަށެވެ. އެއީ އިންތިހާބާ ދިމާކޮށް ވަޒީފާ އުފެއްދުމާއި މަޝްރޫއުތައް ފެށެން ކަމަށެވެ. އެހެންކަމުން ވެރިކަން ކުރަމުންދާ ޕީއެންސީއަށް އެކަށީގެންވާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް،“ ޔާމީން ވިދާޅުވިއެވެ.
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުލިބުމަކީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅަށް މެޖޯރިޓީ ލިބުނަސް ސަރުކާރަށް އުނދަގޫކޮށް، ޖެއްސުން ކުރާކަމަށްވަންޏާ އެކަން ބަލައިނުގަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވި ނަމަވެސް އެއީ އެއްވެސް ވަރަކަށް ތަންފީޒު ނުކުރެވޭ ގާނޫނެއް ކަމަށެވެ. މަޖިލިސް އިންތިހާބާ ދިމާކޮށް ހުރިދާ ދިމާލެއްގައި ފައިސާ ބަހަމުންދާ ކަމަށެވެ. ގާނޫނުގައި
”އެއޮއްދަނީ ލާރި ބަހަމުން އެތައް މިތަނުގަ. އަޅުގަނޑު ނުބުނަން ލާރި ބެހުން ގޯހެކޭ ވެސް. ގާނޫނުގަ ގޯހެކޭ ބުނީމަ ގޯސްވީ. އެކަމަކު ފުލުހުންނަށް ނުވަތަ ދައުލަތަށް ތަންފީޒުނުކުރެވޭ ގާނޫނު ހަދައިގެން ކީއްތޯ މި ކުރަނީ“ ޔާމީން ވިދާޅުވިއެވެ.
”އެއޮއްދަނީ ހަމަ ހުރިހާ ދިމާލެއްގަ ލާރި ބަހަމުން، ހަމަ ވޯޓުލާ ކޮންމެ މީހަކަށް 5،000 ބަހާތަންތަން އެބަހުރި، 5،000 އަށްވުރެ ގިނައިން ބަހާ ތަންތަން އެބަހުރި.“

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި