އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީއެންސީން ބުނީ ”ދިވެހީންގެ ރާއްޖެ މަޖިލީހަށް – މަރުހަބާ“ގެ ނަމުގައި ދިވެހިންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް އެ ކޯލިޝަނުން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
އެ ޖަލްސާ އަށް ހުރިހާ ދިވެހިންނަށް ދައުވަތު ދީފައިވާއިރު އެ ހަފުލާއަށް ފަހު ހަވާ އެރުވުން އޮންނާނެ ކަމަށްވެސް ބުންޏެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބެ އެވެ.




ގުޅުންހުރި
ހިތަދޫގައި ފުލެޓަކުން ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި
2026ގެ ބަޖެޓު: މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ޖެހި އަދަދު ދެގުނަ ބޮޑުކޮށް,
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު