މި އަހަރުގެ އޯލެވަލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7501 ދަރިވަރުން އަދި އެސްއެސްސީ އިމްތިހާނުގައި 7133 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އެއީ ނިމިދިޔަ އަހަރަށް ވުރެ 803 ދަރިވަރުންގެ އިތުރު އަދަދެއް ކަމަށްވެސް ބުންޏެވެ.
ރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާއިރު، އެކި ސްޓްރީމްތަކުގެ މާއްދާތައް ހިމެނޭ ގޮތަށް ޖުމުލަ 60 އިމްތިހާނު ކަރުދާސް ދަރިވަރުން ހަދާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް ބަދަލު ގެނެސް، އޯލެވެލް ހަދާ ދަރިވަރުންގެ މަޖުބޫރު ހަތަރު މާއްދާ ކަނޑައަޅައިފަ އެވެ. އެއީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާ އެވެ. އެ މާއްދާތަކަށް ފައިސާ ދައްކަނީވެސް ސަރުކާރުންނެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި