ސިވިލް ސާވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ފާތިމަތު ހަބީބާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޝަންގެ މެންބަރެއްގެ ގޮނޑިއެއް ހުސްވީ ކުރިން އެ ކޮމިޝަންގައި ހުންނެވި ފާތިމާތު އާމިރާގެ ފަސް އަހަރުގެ ދައުރު މިދިޔަ ޑިސެންބަރު މަހު ހަމަވުމާ ގުޅިގެންނެވެ. އެހެންވެ އެ ކޮމިޝަނަށް އައްޔަން ކުރަން ތިން ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
އެ ތިން ނަމަށްވެސް މިއަދު ވޯޓަށް އެހި އިރު، އެންމެ ފުރަތަަމަ ވޯޓަށް އަހާފައިވަނީ އަބްދުލް ހަސީބު އިސްމާއިލްގެ ނަމަށެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވި އިރު، 19 މެންބަރުން ވޯޓު ދެއްވީ ރުހުން ނުދިނުމަށެވެ.
ދެވަނައަށް ވޯޓަށް އެހީ ހަބީބާގެ ނަމަށެވެ. އޭނާގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންވެ އޭނާގެ ނަން ފާސްވި ކަމަށް އިއުލާނުކޮށް، ދެން އެ މަގާމަށް ކުރިމަތިލެއްވި މއ. ފޮރެސްޓް، މަރިޔަމް ޝާހިދާ އަށް ވޯޓަށް އަހައިފައެއް ނުވެ އެވެ.
ޔުނިވާސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓާސް އޮފް ސައިންސް ހާސިލު ކުރައްވާފައިވާ ހަބީބާ އަކީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓުގެ ލެކްޗަރާގެ މަގާމާއި އެކްޓިން ސީއީއޯގެ ގޮތުން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހިމް ރަޝީދާއި މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.

ގުޅުންހުރި
ރައީސުލްޖުމްހޫރިއްޔާ، މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ޔުމްނު ”ވެއްޓުނު“ މައްސަލައިގައި އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ޔުމްނުގެ ވެއްޓުނު މައްސަލަ ތަހުގީގު ނިމެންދެން ކޮމިޝަން ދެމި އޮންނާނެ