ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ވިއްކާފައިވާ 1،400 ޑޮމެއިންތަކުގެ ތެރެއިން ސައްހަ ގޮތުގައި ވިއްކާފައިވަނީ 50 ޕަސަންޓު ޑޮމެއިން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން ވިދާޅުވެއްޖެ އެވެ.
”އަހާ ފޯރަމް“ ގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ޑޮމެއިންތަކުގައި މައްސަލަ ހުރެގެން ޑޮމެއިން ދޫކުރުން ހުއްޓާލީ މިދިޔަ ސަރުކާރުން ކަމަށާ، ނަަމަވެސް ރަނގަޅު އުސޫލެއް ހަދައި އަލުން ޑޮމެއިން ހިދުމަތް ދޭން ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ބެކްއެންޑުން ދޫކޮށްފައިވާ ސައްހަ ނޫން ޑޮމެއިންތައް ސައްހަ ކުރުމުގެ ފުރުސަތު ދެތިން ހަފުތާ ތެރޭގައި ހުޅުވާލާނެ ކަމަށް އަމީން ވިދާޅުވިއެވެ.
”އެހެންވީމަ އަޅުގަނޑުމެން ތިން އެނެކްސްއަކަށް ބަހާލާފަ އަޅުގަނޑުމެން އިއުލާންކުރާނަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގަ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގަ ވަރަށް ފަސޭހަ ނިޒާމެއްގެ ތެރޭގަ އެ ބޭފުޅުންގެ އަތުގަހުރި ރިކޯޑްސްތަކާއެކީގަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ގެނެސްދެއްވައިގެން މި އެއްޗެހި ސައްހަ ޑޮމެއިންތަކެއްގެ ގޮތުގަ ބަދަލުކުރަން“ އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންތައް ގޯސްކޮށް ކަންކަން ކޮށްފައިވިޔަސް ގަވާއިދުތަކާ އެއްގޮތަށް ޑޮމެއިން ނަގައިފައިވާ ފަރާތްތަކަށް ހިދުމަތްދިނުން ހުއްޓިގެންނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. މިނިސްޓްރީގެ ބެކްއެންޑުން ވިއްކި ޑޮމެއިންތައް ގަތް ގިނަ މީހުންނަށް އެއީ ސައްހަ ނޫން ޑޮމެއިންތަކެއްކަން ކުރިން އެނގިފައިނުވާ ކަމަށެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ