ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ކަނޑުވެ، އިއްޔެ މަރުވީ މަލިކަށް ނިސްބަތްވާ ޒުވާނެއް ކަމަށް އެނގިއްޖެ އެވެ.
ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ”ލިއޯ ޕާލް“ ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ބަންޑުން ޖަހާއިރު އޭގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ސަލާމަތް ކުރި އިރު، ގެއްލުނީ އޭގައި ދަތުރުކުރި ބިދޭސީ އެކެވެ. އޭނާ ފެނުނީ ކޮޅުވެއްޓި ދަށުގައި މަރުވެފައި އޮއްވަ އެވެ.
ތާރީހު ދިރާސާ ކުރާ އަދި މަލިކަށް ޒިޔާރަތްކޮށް އެ ރަށުގެ މީހުންނާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ވަނީ މަރުވި މީހާގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަރުވީ މަލިކު ޒުވާނެކެވެ. އެއީ ކެނޑިފާޓި އަވަށު ކަޑަފަތްގޭ ޝާހިދު ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ވިދާޅުވި އެވެ.


ގުޅުންހުރި
ޕީސީބީގެ ރައީސް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
މެޒޯ މުހައްމަދުގެ ކަށުނަމާދު މާދަމާގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުޅެން ހުއްޓައި މަރުވެއްޖެ
މެޒޯ މުހައްމަދު މަރުވެއްޖެ
އެސްއޯއީތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި