މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކައިފި އެވެ.
އެސްޓީއޯ އިން އިއްޔެ އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ލިބުނު 4.5 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 12 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯ އިން ބުނީ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެން އަންނަ އެހެނިހެން ވިޔަފާރި ރަނގަޅުވުން ކަމަށެވެ.
އާމްދަނީ އިތުރުވުމާއެކު އެސްޓީއޯ އަށް ފުރަތަމަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި ވަނީ 617 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ.
އަދި ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 195 މިލިއަން ރުފިޔާ އެވެ. އެ އަދަދަކީވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 12 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި