ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ކާމިޔާބީއަށް ވެސް އަދި ނާކާމިޔާބީ އަށް ވެސް ފަރިތަ ޕާޓީއެއް ކަމަށެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވިއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ދެން އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ކާމިޔާބުކުރާނެ. އަދި އޭގެ ފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބުކުރާނެ“ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބާއި 2019 ގެ މަޖިސް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ 2013 އަދި 2014 ވަނަ އަހަރު ބޭއްވި އިންތިހާބުތަކުން ބަލިވުމުން، އެކަން ދެނެގަތުމަށް ހެދި ދިރާސާއެއްގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކޮށްގެން ކަމަށެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުން ވަނީ އެފަދަ ދިރާސާއެއް ކުރުމަށް ނިންމާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ކުރިމަގާއި ރާއްޖޭގެ ކުރިމަގު އުޖާލާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ގުޅުންހުރި
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
މުޒާހަރާ ހުއްޓުވަން އުޅުނު ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު އާންމުކުރާތީ ފުލުހުންގެ
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން
އެމްޑީޕީ މުޒާހަރާ: ކުރީގެ މެންބަރު ޔައުގޫބާއި ޔާސިރު ހިމެނޭހެން 6 މީހަކު
އެމްޑީޕީގެ އެއްވުމާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ ވެރިންނާއެކު ޣައްސާނާއި އިހުސާން ބައްދަލުވުމެއް!