އައިޖީއެމްއެޗުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ކަރުންމަތީގެ ބަލިތަކަށް ހާއްސަވުމަށް، ތައުލީމު އުގެނެމުން ދަނިކޮށް ކެންސަރު ބަލީގައި ނިޔާވި ޑރ. އާމިނަތު ރަމްޝާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމްޝާގެ ވަކިވުމާއެކު ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގައި މައިދާނުގައި ރީތި ނަމޫދާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށެވެ. އަދި ރަމްޝާއަކީ އިންސާނަށް ހިދުމަތް ކުރުމުގައި ރެއާ ދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއަކާއި ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރު ދެއްވި އޯގާތެރި އެހީތެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
”މަރްހޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާއި ފުއްސެވުމާ ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްހޫމާއަށް މިންވަރު ކުރައްވާށި އެވެ.“ ރައީސް ވިދާޅުވިއެވެ.
ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، ކަރުންމަތީގެ ބައްޔަށް ހާއްސަވުމަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކިޔަވާ ވިދާޅުވަމުން ދަނިކޮށެވެ. އެ އުނދަގޫތަކާ އެކު ވެސް އޭނާ ވަނީ ފަރުވާ ހޯއްދަވަމުން ކިޔެވުން ފުރިހަމަކުރައްވައިފަ އެވެ. ރަމްޝާ އަވަހާރަވީ ކިޔެވުން ފުރިހަމަ ކުރެއްވުމަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި