ޓިކްޓޮކް ލައިވްއެއްގައި އަމިއްލައަށް ބަރަހަނާވި މައްސަލައިގައި އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި މުހައްމަދު ނަބީލު (ޔާޔާ ނަބީލު) ގެ މައްސަލަ ފުލުހުން އަނެއްކާވެސް ބަލަން ފަށައިފިއެވެ.
ފުލުހުން އެންމެ ފުރަތަމަ ނަބީލުގެ މައްސަލަތަކެއް ތަހުގީގުކުރަން ފަށައިފައިވަނީ 2021 ސެޕްޓެމްބަރު 11 ގަ ވަނަ ދުވަހުއެވެ. އެފަހަރު އޭނާ ހައްޔަރުކޮށް ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތަށް 15 ދުވަހަށް ޖެހިއެވެ. ނަމަވެސް އެފަހުން އޮކްޓޫބަރު 14 ގައި ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ނަބީލު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ ދެ މަސްދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް ޝަރުތުތަކާ ހިލާފުވެ ނަބީލު ވަނީ ޓިކްޓޮކުގައްޔާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ބަރަހަނާވެގެންނާއި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަންހެން ހެދުން އަޅައިގެން ފޮޓޯ އާއި ވީޑިއޯތައް އާންމުކޮށްފައެވެ.
އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އަންހެން ހެދުން އަޅައިގެންނާއި ބަރަހަނާވި މައްސަލައިގައި ކުރިމިނަލް ކޯޓުން ވަނީ ނަބީލު އެއް އަހަރު ދުވަހަށް ޖަލަށްލުމަށް 2022 ސެޕްޓެމްބަރު 22 ގައި ހުކުމްކޮށްފައެވެ. ހުކުމް ތަންފީޒުކޮށް ނިމި މިދިޔަ އަހަރުގެ ސެޕްޓެމްބަރުހުގެ ތެރޭގައި އޭނާ ވަނީ މިނިވަންވެފައެވެ.
އެފަހުން ނަބީލު ގެންދަނީ ”ލޫސީ“ ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން ނިވައިކަން ކުޑަ އަންހެން ހެނދުން ލައިގެން ވީޑިއޯ ކުޅެ އަޕްލޯޑްކޮށްފައެވެ.
އެކަން ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަބީލުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


ގުޅުންހުރި
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނުން 130 ސިނގިރޭޓު ކާޓަން ވަގަށް
ކެފޭއެއްގައި އިންދާ ކިލޯއެއްގެ ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
ޑްރަގު މައްސަލައެއްގައި މަންމައާއި ދަރިފުޅު ހައްޔަރުކޮށްފި