އަންހެން ހެދުން އަޅައިގެން ޓިކްޓޮކުގައި ވީޑިއޯ ހަދަމުންދާ މުހައްމަދު ނަބީލު (ޔާޔާ ނަބީލު) އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި، ނަބީލް، 39އ، ހައްޔަރުކުރީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ މައްސަލައިގައި ކަމަށެވެ.
އެ މައްސަލައިގައި ނަބީލް ފުރަތަމަ ހައްޔަރުކުރީ ސެޕްޓެމްބަރު 2021 ގައެވެ. ބަންދުގެ މުއްދަތު ދެ ފަހަރަށް އިތުރު ކުރުމަށްފަހު އޮކްޓޯބަރު 2021 ގައި ކޯޓުން އޭނާ ދޫކޮށްލި އެވެ. އޭނާ އެ ފަހަރު ދޫކޮށްލީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކުރުމަށްފަހު އެވެ.
ނަމަވެސް އެކަމާ ހިލާފުވުމުން ހައްޔަރުކޮށް، ވީޑިއޯއެއްގައި ބަރަހަނާވި މައްސަލައެއްގައި އޭނާ އެއް އަހަރަށް ޖަލަށް ލާން ސެޕްޓެމްބަރު 2022 ގައި ކޯޓުން ހުކުމްކުރި އެވެ. އޭނާގެ މައްޗަށް އޭރު ދައުލަތުން އުފުލީ އޮރިޔާން ކާޑު ހެދުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ޖަލުން މިނިވަންވުމަށްފަހު ނަބީލު މިހާރު ހަދަނީ ”ލޫސީ“ގެ ނަމުގަ އެވެ. އޭނާ އެކަން ކުރަމުންދާތާ އެތައް ދުވަހެއް ފަހުން އެކަން ފުލުހުންގެ ސަމާލު ކަމަށް އައީ މީހަކު އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ޖެހުމުންނެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު