މީޑިއާތަަކަށް ހުޅުމާލޭން ބިމެއް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ހަތްވަނަ އަހަރީ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ނައިބު ރައީސް ވިދާޅުވީ، މީޑިއާއަށް ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތައް މި ސަރުކާރަށް އެނގޭ ކަމަށެވެ. އެ ގޮންޖެހުންތައް ހައްލު ކުރެއްވުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، މީޑިއާތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެކި ތަންތަނުގައި ވަރަށް ދަތިހާލުގައި އުޅެން ޖެހުން ކަމަށެވެ. މީޑިއާތަކަށް އެކަންކަން ފަސޭހަ ކޮށްދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ ކަންތައްތައް ކުރެއްވުމުގައި އެ މަނިކުފާނު ދެމި ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން އެ ގޮންޖެހުމަށް ހައްލެއް ގެންނެވުމަށްޓަކައި މީޑިއާތަކަށް ހުޅުމާލޭން ބިމެއް ކަޑައަޅުއްވާފައިވާ ކަމަށާއި މީޑިއާތަކުން ބޭނުންވާ ގޮތަށް އެ ބިމުން އެކި ތަންތަން ބައްޓަން ކުރެވިގެން ކުރިއަށްދާނެ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގުޅުންހުރި
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުން ދާއޫދު ވަކިކޮށްފި
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
ދާއޫދު ތަހުގީގަށް ދިނީ ދޮގު ބަޔާނެއް، އިހުސާނަށް ވެސް ގުޅި: ރިޔާސީ