މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، ވީޑިއޯކޮށް ފަލީހަތް ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ގެ ކާރުގައި އާންމު މީހެއްގެ ޕިކަޕެއް ޖެހި އެކްސިޑެންޓާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އަމަލު ކުރެއްވި ގޮތަށް ބައެއް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އެ އެކްސިޑެންޓާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ފިނިކުރައްވަން އިންމު އުޅުއްވާ ވީޑިއޯއެއް އާންމުވެފައިވާއިރު، ޕިކަޕުގެ ޑްރައިވަރު ކައިރީ ބަހައްޓަވައިގެން މިނިސްޓަރު އިމްރާން ކައިރިން އިންމު އެދިވަޑައިގެންނެވީ މާފުކުރުމަށެވެ. ނަމަވެސް އެ ވީޑިއޯގައި އިމްރާންގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.
އެ ވީޑިއޯއާ ގުޅިގެން އެއްބަޔަކު، އިންމުގެ އަމަލަށް ތައުރީފު ކުރި އިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ އޭނާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި މަންޒަރު ވީޑިއޯކޮށް އާއްމު ކުރުމުގެ މަގްސަދަކީ އަނެއް މީހާ ބަދުނާމުކުރުމެވެ. އިމްރާންގެ ޕާޓީ، އަދާލަތުން ވެސް ދެކެނީ އެގޮތަށެވެ.
ސީދާ އެ ހާދިސާއަށް އިޝާރާތް ނުކުރައްވައި ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި އެ ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަލީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއި ގޮތުންވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަދި ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މަސައްކަތް ކުރާ ބަދަލުހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވާނެ ކަމަށެވެ.
އަދި އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ގުޅުންހުރި
މާފަންނު ސަހަރާ ތަރައްގީ ކުރާނީ 295 ސައިކަލު ޕާކިން ޖާގަ އާއެކު
މާރަމާރީގެ ތުހުމަތައް ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް
ސިނގިރޭޓް އަގުބޮޑުކޮށް ވޭޕް މަނާކުރުމުން މޫނަށް ދުންބުރުވާ މީހުން މަދުވެއްޖެ: ރައީސް
ދުންފަތް ވިއްކާ މީހުން ތިބީ އަޅުގަނޑު ދެކެ ހިތްހަމަނުޖެހިފައި: އެކަމަކު ވަރިހަމަ:
2007 އިން ފެށިގެން އުފަންވި މީހުނަށް ދުންފަތް މަނާކުރާ ބިލު ރައީސް
ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި ބުރިވި އަތް އަދިވެސް ނުފެނޭ!