މިއަންނަ ޖުލައި މަހުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޕްރޮގްރާމްތަކެއްގެ ގޮތުގައި ފިޝަރީޒް ކޮލެޖުގެ ކިޔެވުން ފެށިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
”އަދަދު“ ނޫހަށް ދެއްވި އިންޓަވިއެއްގައި ޝިޔާމް ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ފިޝަރީޒް ކޮލެޖޭ ކިޔާފައި ބޯޑެއް އެޅުވުމުގެ ބަދަލުގައި ފިޝަރީޒްއާ ގުޅުންހުރި ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
”މިވަގުތު ބޭނުންވަނީ އެމްއެންޔޫގެ ޕްރޮގްރާމްތަކެއް ގޮތުގައި މި ޕްރޮގްރާމްތައް ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް ކޮލެޖޭ ކިޔާފައި ބޯޑެއް އެޅުވިދާނެ. އަޅުގަނޑުމެން ބޭނުން އެހެން ގައުމުތަކުގެ އަދި ޔުނިވާސިޓީތަކުގެ އެފިލިއޭޝަން. އެ މަސައްކަތް އެބަދޭ ކުރިއަށް,“ ޝިޔާމް ވިދާޅުވި އެވެ.
”ޖުލައި މަހު ފިޝަރީޒް ކޮލެޖުގެ ޕްރޮގްރާމްތައް އަންނައިރުިގައި މާސްޓާ ފިޝަމަން އާ ހިސާބަށް, ފިޝަރީޒް މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޓިވްލީ ކުރަންޖެހޭ ކަންތައްތަކާއި ފައިނޭޝަލް މެނޭޖްމަންޓާއި, ދޯންޏެއްގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ,“
އެމްއެންޔޫގައި ފިޝަރީޒް ކޮމްޕޯނެންޓް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގައި ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ފިޝަރީޒް މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި
ބަންޑާރަ މިސްކިތުގެ ސީލިންގަ ރޯވި އަލިފާން ނިއްވާލައިފި
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ
ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަންއެއް ތައްޔަރު ކުރާނެ ފަރާތެއް ހޯދަނީ
މީޑިއާގެ މިންވަންކަން ގެއްލޭ ބިލު އަނބުރާ ގެންދިއުމަށް އެމްއެމްސީން ގޮވާލައިފި
އަބްދުއްރަހްމާން މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް