ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަމުންދަނީ ތ. ހިރިލަންދޫ/ ނާގަލި، އާއިޝަތު ނާދިރާ، (41އ) އެވެ. އޭނާގެ ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ފުުލުހުން ބުނީ، ނާދިރާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށް ބުންޏެވެ.
ނާދިރާ ހާޒިރުވާން އަންގާފައިވަނީ 10 މާރިޗު 2026ގެ މެންދުރުފަހު 2:00ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.


