ރާއްޖޭގައި ތެލެސީމިއާ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރު ނުވަތަ ތެލެސީމިއާ ސެންޓަރު ހުޅުމާލޭގެ އާ އިމާރާތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ހަލީލު ވިދާޅުވީ، ތެލެސީމިއާ ސެންޓަރު ބާވުމުގެ ސަބަބުން ބައެއް ބައިތައް ވެއްޓިފައިވާ ކަމަށެވެ. އަދި އެ ސެންޓަރަކީ ޖާގައިގެ ގޮތުން ދަތި ސެންޓަރަކަށްވުމުން އެއީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، އެކަން ހައްލުކުރުމަށް ހުޅުމާލެ ފޭސް އެކަކުން އިމާރާތެއް ލިބިފައިވާ ކަމަށާއި އެތަނުގެ ޑިޒައިނިންގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އެތަން ހެދުމަށް ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް ހަލީލު ވިދާޅުވި އެވެ.
”ވަރަށް ކައިރި މުސްތަގުބަލެއްގައި އާ އިމާރާތަކަށް އާ ތަނަކަށް ބަދަލުވެގެންދާނެ ކަން އަޅުގަނޑު ވަރަށް އުފަލާ އެކު ފާހަގަ ކުރަން،“ ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހުޅުމާލޭގައި ހަދާ ތެލެސީމިއާ ސެންޓަރުން ބޯންމެރޭ ހެދެން ހުންނާނެ ކަމަށާއި އެ ސެންޓަރުގައި ތެލެސީމިއާއާ ގުޅޭ އެންމެ ފަހުގެ ލެބްތަކާއި ބްލަޑް ބޭންކެއް ވެސް ގާއިމުކުރާނެ ކަމަށެވެ.

ގުޅުންހުރި
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް
65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ
ފަނޑިޔާރުން ވަކި ކުރި ގޮތް އެމްޑީޕީން ބޭރު ދުނިޔެއަށް ކިޔައިދޭތީ ހަލީލު
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން: ދިރާސާ
މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި