ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަޑް އދ.ގެ އާންމު މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ފަލަސްތީނަކީ މިހާރު އދ.ގެ ’އޮބްޒާވާ ސްޓޭޓަސް’ގެ ގައުމެކެވެ.
އދ.ގެ މިއަދު 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ ”އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް“ގެ ނަމުގައި ގަރާރެއް ކުއްލި ބައްދަލުވުމަށް ހުށަހަޅައިފައެވެ. ރާއްޖެއިން ވަނީ އެ ގަރާރު ކޯ ސްޕޮންސާކޮށްފައެވެ. ކުއްލި ބައްދަލުވުން ބާއްވާފައިވަނީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލެވޭނެ އެވެ.
މި ރޭ އެ ގަރާރަށް ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ގަރާރަށް ތާއީދުކޮށްފަ އެވެ. ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.
އދ. މެމްބަރު ގައުމަކަށްވުމުން ފަލަސްތީނަށް ލިބިދޭ އިތުރު ހައްގުތައް:
– އދ.ގެ އެހެން މެމްބަރު ގައުމުތަކާއެކު ކަނޑައެޅިފައިވާ ތަރުތީބުން އިށީނދެގެން ތިބުމުގެ ހައްގު.
– އދ.ގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު.
– ގްރޫޕް ތަކުގެ ފަރާތުން ތަގުރީރު ކުރުމުގެ ފުރުސަތު.
– އދ.އަށް ޕްރޮޕޯސަލްތައް ހުށަހަޅައި، އިސްލާހު ހުށަހަޅައި، އަދި ކޯ-ސްޕޮންސަރ ކުރުމުގެ ފުރުސަތު.
– އދ.ގައި ނަގާ ވޯޓުތަކާއި ބަހުސްތަކުގައި ރައްދު ދިނުމުގެ ހައްގު.
– އދ.ގައި ހިނގާ ބައްދަލުވުންތަކުގައި ނިޒާމީ ނުކުތާ ނެގުމުގެ ހައްގު.
– އދ.ގެ ޕްލީނަރީ އަދި މައި ކޮމިޓީތަކަށް ކުރިމަތިލުމުގެ ހައްގު. – އދ.ގެ ހުރިހާ ބައްދަލުވުންތައް އަދި ބައިނަލްއަގުވާމީ ކޮންފަރަންސްތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ހައްގު. ނަމަވެސް މި ބައްދަލުވުމުގައި ފާސްކުރެވުނު ގަރާރުން އދ.އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގު ފަލަސްތީނަކަށް ނުލިބެ އެވެ.
ގުޅުންހުރި
ފަލަސްތީނަށް ހަދިޔާކުރާ ދެމިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓް މިމަހު 15 ގައި
ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުން ނިމުމަކަށް ގެނެވޭނީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކޮށްގެން: ޒަމީރު
ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީން ފަންޑަށް 2.1 މިލިއަން ރުފިޔާ!
އާރުޑީސީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަލަސްތީން ރައްޔިތުންނަށް!
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ބޭނުންވަނީ އިސްރާއީލް ޕާސްޕޯޓް މަނާކުރަން، ސަރުކާރުގެ ހުށަހެޅުމަށް ތާއީދުކުރަން: އެމްޑީޕީ