އައްޑޫ ސިޓީގެ މަތިކިޅި އިކޯގާޑަންއަށް ވަންނަ ދިވެހިންނާއި ފަތުރުވެރިންގެ އަތުން ފީ އެއް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދުކުރި އިއުލާނެއްގައި ބުނީ މަތިކުޅިއަށް ވަންނަ ދިވެހިން އަތުން ނެގުމަށް ހަމަޖެހިފައިވަނީ 10 ރުފިޔާގެ ފީ އެއް ކަމަށެވެ. އަދި ފަތުރުވެރިން އަތުން ނަގާނީ 50 ރުފިޔާގެ ފީއެއް ކަމަށެވެ. މީގެ އިތުރުން އަދި ވޯކު ވިސާގައި ތިބޭ މީހުން މަތިކުޅިއަށް ވަނުމަށް 15 ރުފިޔާ ފީއެއް ދައްކަން ވާނެ ކަމަށެވެ.
ފީ ނަގައިގެން ވެސް މަތިކުޅިއަށް ވަދެވޭނީ45 މިނިޓަށް ކަމަށް ކައުންސިލުން ބުންޏެވެ.
މަތިކުޅި ހަފުލާތަކާއި ޕާޓީތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމައިފައެވެ. އެގޮތުން ހަފުލާތަކަށް އިކޯ ގާޑެން ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ 800 ރުފިޔާއަށް ތިން ގަޑި އިރަށެވެ. . އަދި ގަޑިއިރެއް ހަމަ ނުވިކަމުގައި ވީނަމަވެސް މި ފީ ނަގާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އިކޯ ގާޑަންއިން ލިބޭ އާމްދަނީ ޖަމާ ކުރާނީ އައްޑޫ ކޮންޒަވޭޓިވް ޓްރަސްޓް ފަންޑަށެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި