ކާރު ގަނެދޭނެ ކަމަށް ބުނެ އެތައް ބައެއް އަތުން ފައިސާ އަތުލި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
ފޭސްބުކުގައި މީހަކުކުރި ޕޯސްޓެއްގައި ބުނީ އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން ތަހުގީގު ކޮށްފައިނުވާ ކަމަށެވެ. އެ ފުލުސް މީހާ އަކީ ތަހުގީގު މަރުހަލާއަށް ވުރެ މަތީ ހުރި މީހެއްތޯ އެ ފަރާތުން ވަނީ ސުވާލުކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ އެ ފުލުސް މީހާގެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. އެ ފުލުސް މީހާގެ މައްސަލަ ބަލަމުންދަނީ ފުލުހުންގެ ޕްރޮފެޝެނަލް ސްޓޭންޑާސް ކޮމާންޑުން ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.



