ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުން މޮޅުވެ، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްއަށް ކޮލިފައިވެއްޖެ އެވެ.
މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ކޮލިފިކޭޝަނަކުން ނަތީޖާ ނެރެ، ކޮލިފިކޭޝަނެއް ކާމިޔާބު ކޮށްގެން އެތުލީޓަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ދީމާ އޮލިމްޕިކްސް އަށް ކޮލިފައިވީ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުގައި ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާއާ ވާދަކޮށް، 4-1 ސެޓުން މޮޅުވެގެންނެވެ.
މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ރަނގަޅަށް ފަށައި، ލީޑުގައި ކުޅެމުން ގޮސް، ދީމާ ސެޓު ގެންދިޔައީ 11-8 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓު ލަންކާގެ ބިމާންޑީއާ 11-8 އިން ގެންދިޔަ އެވެ.
އެ ހިސާބުން މެޗު އިތުރަށް ފޯރިގަދަވި އެވެ. އެގޮތުން ތިންވަނަ ސެޓުގައި ދީމާ ފުރަތަމަ ކޮޅުގައި 4-2 އިން ލީޑު ނެގި ނަމަވެސް ފަހުން ދެ ކުޅުންތެރިންވެސް ދިޔައީ އެއްވަރުވަމުންނެވެ. ޕޮއިންޓަކަށްފަހު ޕޮއިންޓަކުން އެއްވަރުވަމުން ގޮސް، ތިންވަނަ ސެޓު ދީމާ ކާމިޔާބު ކުރީ 11-13 އިންނެވެ.
ހަތަރުވަނަ ސެޓު ދީމާ ރަނގަޅަށް ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. މެޗަށް ވަންނަން ބިމާންޑީއާ މަސައްކަތް ކުރި ނަމަވެސް ލީޑު ހިފަހައްޓަމުން ގޮސް ފަހު ސެޓު ދީމާ ކާމިޔާބު ކުރީ 11-7 އިންނެވެ. އަދި ފަހު ސެޓުގައި ދީމާ ވަނީ 11-5 އިން ކާމިޔާބު ކޮށްފަ އެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!