ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ.ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލައެއްގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
އޭސީސީން މިރޭ ބުނީ އެ މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސާ، އާއިޝަތު ސަމިއްޔާ (މިނާ، ބ.ކަމަދޫ) ގެ މައްޗަށް ކަމަށެވެ. 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެފައިސާ ބޭނުން ކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
”އެ ފަރާތުގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއާއި، ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 13 ވަނަ މައްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ،،“ އޭސީސީން ބުންޏެވެ.
އެފައިސާ އަނބުރާ ހޯދުމަށް ފެނަކައަށް އެންގުމަށާއި ސަމިއްޔާގެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް ވެސް ފެނަކައަށް އެންގުމަށް ނިންމައިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ގުޅުންހުރި
އޭސީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށްދޭން ހުށަހަޅައި ބަހުސް ފަށައިފި
ފެނަކައިގެ މަތިމަރަދޫ ބްރާންޗުގެ ކުރީގެ ވެރިއަކަށް ދައުވާކުރަން ފޮނުވައިފި
އޭސީސީގެ ދިރާސާ: އެންސްޕާ އިން އެހީގެ ފައިސާ ދިނުމުގައި ހަމަހަމަ ކަމެއް
ކަމަދޫގައި ވޯޓާ ޕާކެއް ހަދަނީ
ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ޕީޖީ އައްބާސް
ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ އަވަސްކުރުމަށް ޕީޖީ އެދިވަޑައިގެންފި