އުތުރުގެ ދެ އަތޮޅެއް ކަމަށްވާ ހއ އަތޮޅު އަދި ހދ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަށް ޔެލޯއެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިރޭ ބުނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 12:00 ޖެހުމާ ހަމަޔަށެވެ.
އެ އެލާޓުގައި މެޓު އޮފީހުން ބުނީ ބޯކޮށް ވައިޖެހި، ގަޑިއަކު 25 މާލާއި 30 މޭލާ ދެމެދުގެ ބާރިމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރުމުގެ ކުރިން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެންޑީއެމްއޭއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވުމުން، ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކަނޑު އުޅަނދުގައި ދަތުރަށް ފުރާއިރު އުޅަނދުގެ ސަލާމަތީ ކަންކަމާއި މުވާސަލާތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ ބެލުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ބުނީ މާލެއާއި ހުޅުމާލެ ބުރިޖުން، ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.




ގުޅުންހުރި
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަނީ، ރޯދައިގެ ކުރިން ނިންމާނެ
އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި، ޗެއާމަންސް އެވޯޑް ޝަފީގަށް
ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ