ކ. ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ގެއްލިފައި ވަނީ މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރު ފެށި “AAA-37“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނީގައި ތިން މީހަކު ތިބި ކަމަށްވެ އެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ދޯނި ދަތުރު ފެށީ އިއްޔެ އިއްޔެ ހެނދުނު ހައެއް ޖަހާކަންހާއިރު ކަމަށާއި ނަމަވެސް ދޯނީގެ ހަބަރެއް ނުވެގެން ރިޕޯޓުކުރީ އިއްޔެ ހަވީރު 17:20 ގައި ކަމަށެވެ. އަދި ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފް އިން ވަނީ އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
މި ދުވަސްކޮޅު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެތީ ރައްކާތެރިވެ ތިބުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ.




ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ