އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި މިނިސްޓަރާއެކު ޖުމުލަ 29 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެގްރިކަލްޗާ މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ހޯދަން އައިމަން ލަތީފް ނަމަކަށް ކިޔާ މީހަކު އެ މިނިސްޓްރީގައި އެދުމުން ފޮނުވި ޖަވާބުންނެވެ.
އެގްރިކަލްޗާ މިނިސްޓްރީން ދިން ޖަވާބުން އެނގޭ ގޮތުގައި މިނިސްޓަރު ޑރ. އައިޝަތް ރަމީލާއަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 56،025 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެއީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެހެން މިނިސްޓަރުންނަށްވުރެ ދަށް މުސާރައެކެވެ.
ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރައަށް މަހަކު ކުރާ ހޭދަ:
- 2 ސްޓޭޓް މިނިސްޓަރުންނަށް މަހަކު: 81،870 ރުފިޔާ
- 5 ޑެޕިއުޓީ މިނިސްޓަރުންނަށް މަހަކު: 151،200 ރުފިޔާ
- 14 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް މަހަކު: 342،300 ރުފިޔާ
- 7 ޕޮލިޓިކަލް ޑިރެކްޓަރުންނަށް މަހަކު: 138،110 ރުފިޔާ
އެހެންކަމުން ފެމިލީ މިނިސްޓްރީގައި ތިއްބަވާ 29 ސިޔާސީ ބޭފުޅުންގެ މުސާރައަށް މަހަކު ޖުމުލަ 769،505 ރުފިޔާ ހަރަދުވެ އެވެ. އެއީ އެ މިނިސްޓްރީން މުސާރައަށް ކޮންމެ މަހަކު ހޭދަވާ 1،464،177 ރުފިޔާގެ 53 ޕަސެންޓެވެ.




ގުޅުންހުރި
ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފި
ޕީއެންސީން މި ނުކުތީ އައްޑޫގެ ރަސްކަމެއް ނިންމަން، މިފަހަރު ތަފާތު ފެންނާނެ:
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
ފަރުހާދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތެއް ނުވޭ: އިހުސާން
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
ޝީޝާ މަނާ ކުރުމާއެކު ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ