ފާހާނާގައި ފެން ބޮޑުވާތީ ލޯވަޅެއް ތޮރުފާފައި މަގުމައްޗަށް ފެންފައިބާ ގޮތް ހަދާފައި ހުރި ގެއެއްގެ މައްސަލަ މާލެ ސިޓީ ކައުންސިލުން ބަލަން ފަށައިފި އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ އަކާއެކު ކައުންސިލުން ބުނީ ގެއެއްގެ މަތީ ބުރިއަކުން މަގުމައްޗަށް ފެންފައިބާތީ ކައުންސިލުން ގޮސް ބެލި އިރު، އެ ގޭގެ ފާހާނާގައި ފެން ބޮޑުވެގެން ފާހާނާ ތެރެއިން ލޯވަޅެއް ތޮރުފައި އެ ފެން ބޭރަށް ފައިބާ ގޮތް ހަދާފައިވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ވީޑިއޯ އިން ފެންނަ ގޮތުން އެކަން ކޮށްފައިވަނީ ގ. ދޮންފެހި ގޭގެ ދެވަނަ ބުރިންނެވެ. ނަމަވެސް އެކަމާ ގުޅިގެން އެޅި ފިޔަވަޅެއް ކައުންސިލުން ނުބުނެ އެވެ.
ކައުންސިލުން ވަނީ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އިމާރާތްތަކުން މަގުމައްޗަށް ފެން ބޭރުވާނެ ހެން ހުރުމަކީ އެކަން ހައްލު ކުުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ، ރައްޔިތުންގެ ބޮޑު ޝަކުވާ އެކެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އާދަމް އާޒިމްގެ މޭޔަރުކަމުގައި ދާދި ފަހުން ވަނީ ފަށައިފަ އެވެ.

ގުޅުންހުރި
ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!
ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން ރަސްމާލެ ހިއްކާކަށް ނުޖެހޭ: އައްބާސް