ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިހާބީ މެމްބަރު ޝާމިން ހަބީބު ވެރިކަން ކުރާ ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފި އެވެ.
މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވަނީ ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު, މެމްބަރުކަމުގެ ފޯމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފަ އެވެ.
އަމިއްލަ ގޮތުން ވާދަ ކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަތް މެމްބަރަކު މީގެ ކުރިން ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފަ އެވެ. އަދި ޝާމިން މިއަދު ޕީއެންސީއާ ގުޅިވަޑައިގަތުމުން އާ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީ މެމްބަރުންގެ އަދަދު މިހާރު ވަނީ 74 އަށް އަރައިފަ އެވެ.
އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އަމަލު ކުރަންވީ ގޮތެއްއް އެ ގާނޫނުގައި ނެތެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި