އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ހޯދަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ ޗީފް ޕްރޮސިކިއުޓަރު ކަރީމް ހާން ހުށަހެޅުމުން އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ކަރީމް ހާން ވަނީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް އާއި ހަމާސްގެ މިލިޓަރީ ވިންގުގެ ކޮމާންޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނީޔޭ ހައްޔަރު ކުރުމުގެ އަމުރަކަށްވެސް އެދި ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓްގެ ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް ހުށަހެޅުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނަށް ވުރެ އެއްވެސް ގައުމެއް މައްޗެއް ނުވާނެ ކަމަށާއި ހިފާފައިވާ ފަލަސްތީނުގައި ހިނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކުން ޖަވާބުދާރީ ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރޯމް ސްޓެޓޫޓްގައި ބައިވެރިވާ ގައުމެއްގެ ހައިސިއްޔަތުން އިސްރާއީލުން ގާޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އަމަލު ހިންގިކަން ސާބިތުވާ ވަރަށް އައިސީސީގެ ޕްރޮސެކިއުޓާ އޮފީހުން ހެކި އެއްކޮށްފައިވާ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ނަތަންޔާހޫ އާއި ގަލަންޓް އަދި ހަމާސްގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރަކަށް ހުށަހެޅުމުން، އެ ހުށަހެޅުމާމެދު އައިސީސީގެ ފަނޑިޔާރުން ގޮތެއް ނިންމަވާނީ އަމުރު ނެރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު އެވެ. އެކަމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއްވެސް ނަގާފާނެ އެވެ.


ގުޅުންހުރި
ރަސްފަންނާއި ސަލްޓަން ޕާކުގެ މަރާމާތު މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ: ކައުންސިލް
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި
ރައީސް މުއިއްޒުގެ، ނަމުގައި ކްރިޕްޓޯ ސްކޭމެއް ހިންގަނީ
ފަލަސްތީނުގެ ދައުލަތް ސައުދީގައި ގާއިމުކުރަން ނަތަންޔާހޫ ގޮވާލުމުން ރާއްޖެއިން ކުށްވެރިކޮށްފި
އިޒްރޭލަށް 7.4 ބިލިއަން ޑޮލަރުގެ ބޮމާއި މިސައިލް ވިއްކަން އެމެރިކާ އިން
އައްޑޫއާއި ހަނިމާދޫ އެއާޕޯޓު މިއަހަރު ހުޅުވައި 14 އެއާޕޯޓެއްގެ މަސައްކަތް މިއަހަރު