މާލޭގައި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދަމުންދާ ޒުވާނާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނާ ގޮތުން، މ. ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓެއް ލިބުނީ މެންދުރުފަހު 2:20 ގައެވެ. ނަމަވެސް އެއީ ކާކުކަން ދެނެގަތުމަށް ސައިންޓިފިކް އެނަލިސިސްތައް ހަދަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ނަމަވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރަބީއުވިލާ ގޭގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދާ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން، 30އ ކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.
އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އައިމަން ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ހާމަކުރީ އޭނާ ގެއްލުނުތާ ހަތަރު ދުވަސް ފަހުން، މިއަދު އެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އައިމަން އެންމެ ފަހުން ފެނިފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިންނެވެ.




ގުޅުންހުރި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް