ރާއްޖޭ އިޝްތިހާރު ކުރުމުގެ ޒިންމާ އަދާކުރާ ކުންފުނި، އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވައިފި އެވެ.
ނޫރައިން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ. ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.
ނޫރައިން އިސްތިއުފާ ދެއްވިކަން ކަށަވަރުވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން ނޫރައިން އިސްތިއުފާ ދެއްވި އިރު، އެ ކުންފުނިން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި ނޫރައިން ބައިވެރިނުކުރާން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެންގެވި ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓްކުރި އެވެ.
އެއީ ތެދު ވާހަކައެއްކަން މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށް ދިން ނަމަވެސް އެކަން ފައިސަލް ވަނީ ދޮގު ކުރައްވައިފަ އެވެ.
ނޫރައިންއަކީ 10 އަހަރުގެ މެނޭޖުމަންޓު ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓަންޓަކެވެ. އޭނާއަކީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕްގެ ވައިސް ޗެއާގެ އިތުރުން ރެހެންދި ކޮންސަލްޓިންގެ ފައުންޑާ އަދި ޑިރެކްޓަރެކެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި