މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް ކޮޅިގަނޑު ގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމުގައި ސްޓެލްކޯގެ މުވައްޒިފުން ހަރަކާތްތެރި ވެއްޖެ އެވެ.
އެކަން ފާހަގަކޮށް ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ މުވައްޒަފުންނަކީ ހިތްވަރުގަދަ ބައެއް ކަމަށެވެ.
އަދި އެ ކުދިން ސަލާމަތް ކުރުމަށްފަހު ކޮޅިގަނޑުގެ ސަބަބުން ތޮއްޑޫގައި ބިންދައިގެން ދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅުމައްޗަށް ވެއްޓިފައިވާތީ ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް ސްޓެލްކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ ރައްޔިތުންނަށް ދިމާވާ އެފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމި ތިބޭނީ ހިތްވަރާއި ކެރުމާއެކު އެންމެ އިސް ސަފުގައި ކަމަށެވެ.




ގުޅުންހުރި
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި