މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން ހުށަހަޅައިފި އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސާއި ނައިބު ރައީސަށް ނަން ހުށަހަޅުއްވަން ހުޅުވާލި ފުރުސަތުގައި ދެ މަގާމަށް ނަން ހުށަހަޅުއްވާފައި ވަނީ ޕީއެންސީ އާއި އެމްޑީޕީންނެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމުގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ނާޒިލްގެ ނަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމެވެ.
ނައިބު ރައީސްގެ މަގާމަށް ޕީއެންސީން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވި އިރު، އެމްޑީޕީން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި