ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިރޭ 12:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ސިނަމާލެ ބްރިޖު ބްލޮކްވެ، ގިނަ ވެހިކަލްތަކަކާއެކު ވަނީ ބާރުބޮޑުވެގެން ގޮސްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފޮޓޯ: އަލީ ވިސާމް



