މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ނޭޕާލްގެ ރައްޔިތަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގއި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު ނޭޕާލް ރައްޔިތަކު ސަލާމަތް ކޮށްފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް ބަންގުލަދޭޝަންގެ ދެ މީހަކު ހައްޔަރުކޮށްފައި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ދޫކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ހައްޔަރުގައި ހުރި ބަންގުލަދޭޝްގެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަސް ޖަހައިދީފައެވެ.
ފުލުހުން މިރޭ ބުނީ ނޭޕާލް މީހާ ރަހީނުކުރިކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ބަންގްގުލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓަށް، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.



ގުޅުންހުރި
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ