ރާއްޖޭގެ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އޭނާ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ މިއަދު ކަމަށެވެ.
މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ އިޒްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން އޭގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށެވެ.
މީކާއީލް އެ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރުކުރާ ނަންބަރެއްގެ ގޮތުގައެވެ.
އެފަދަ އިސްލާހެއް އިމިގްރޭޝަން ގާނޫނަށް ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް މީކާއީލް ވިދާޅުވީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅޮ ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.
އަދި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރުމުން ވެސް މި ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީއާއި އެކަން ކުރެވޭނެ ވަކި މުއްދަތެއް ނޭނގޭތީ، ސީދާ ގާނޫނަށް ގެންނަ ބަދަލަކުން އިޒްރޭޕު ޕާސްޕޯޓު މަނާ ކުރުމަށް ކަމަށެވެ.



ގުޅުންހުރި
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި