ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް 19 ވަނަ މަޖިލީހުން ރުހުން ދީފައިނުވުމުން އެ ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ގައި ބޭއްވި ޖަލްސާގައި އޭރު އޮތް މަޖިލީހުން ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ނުދޭން ނިންމީ 19 ވަނަ މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނެވެ.
މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިން ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި